ދިވެހިރާއްޖެ
FSM-ADV/2025/107
މުވައްޒަފުންބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ، ރިސްކް |
ޑިޕާޓްމަންޓް/ސެކްސަން: |
ފައިނޭންސް |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ރިސްކްއެސެސްމަންޓް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ރިޕޯޓް ތައްޔާރުކުރުން. - ކުންފުނީގެ އޮޕަރޭޝަން އަދި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރިމަތިވެދާނެ ރިސްކްތަށް ވަޒަންކޮށް ދެނެގަތުން. - ރިސްކްތަށް ކުޑަކުރުމަށް ނުވަތަ ނައްތާލުމަށް ކުރެވިދާނެ ކަންކަން ޑިވެލޮޕް ކުރުން. - ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން. |
ޝަރުތުތައް: |
- ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިޕްލޮމާ ޙާސިލްކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ. ނުވަތަ ސީ.އައި.އޭ. ޙާސިލްކޮށްފައިވުން - މަސައްކަތާއި ގުޅުންހުރި ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން |
މަހު މުސާރަ: |
13،000ރ އާއި 16،000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
17 ސެޕްޓެމްބަރ 2025