ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 އޮކްޓޯބަރ 21 އިން 30 އަށް ޓްރޭނިންގ ޕްރޮގްރާމެއް ބޭއްވުމަށް ހޯލާއި ކޭޓަރިން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
2025 އޮކްޓޯބަރ 21 އިން 30 އަށް ޓްރޭނިންގ ޕްރޮގްރާމެއް ބޭއްވުމަށް ހޯލާއި ކޭޓަރިންގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ސެޕްޓެންބަރު 2025
ހޯދާ