ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ބަނދަރު ސަރަޙައްދުގައި ރަށުގެނަން ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުން؛

ދާންދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް، ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ޑިޒައިންކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިޒައިން ކުރެހުމާއި އެކު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 1. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އަދި ރަސްޖިސްޓްރީގެ މުއްދަތު ހަމަވެފައިނުވާ ވިޔަފާރިކުރާ ދިވެހި ފަރާތްތަކަށެވެ.

 2. މި ބިޑްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ޝީޓާއި އެއްގޮތަށް، ކުރެހުން ހުށަހަޅާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.

 3. ކައުންސިލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި ނުވަތަ އަމިއްލަ ފޯމެޓެއްގައިވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.

 4. މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 50    
  • ތަޖުރިބާ % 05  
  • އެންމެ ފުރިހަމަ ރީތި  ޑިޒައިން ކޮންސެޕްޓް % 45
  • އިވެލިއޭޓް ކުރުމުގައި ހުށަހެޅިފައިވާ ޑިޒައިންތަކުގެ ތެރެއިން އެންމެ ރީތި ޑިޒައިނެއް ކަނޑައެޅުމުގައި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ލިބޭ ޕޮއިންޓްތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

 5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް:   www.dhaandhoo.gov.mv ގައި 18 ސެޕްޓެމްބަރ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

 6. ބިޑް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް މިކައުންސިލަށް ބިޑް ޑޮކިއުމަންޓްތައް ހުށަހެޅުއްވުން އެދެމެވެ.

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2025
ހޯދާ