މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހަށް އޮފީސް ކޮންސިއުމަބަލްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ޕެންޝަން އޮފީހަށް އޮފީސް ކޮންސިއުމަބަލްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މިއޮފީހަށް ބޭނުންވާ އޮފީސް ކޮންސިއުމަބަލްސް (ޓިޝޫ، ހޭންޑް ވޮޝް، އެއާރ ފްރެޝްނާރ ފަދަ ތަކެތި) އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.


ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/HaPb8qunwYts9GhRA) މެދުވެރިކޮށް.

ހުށަހެޅުމުގެ ސުންގަޑި: 22 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 23 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚާއި ގަޑި:  25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ).

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2025
ހޯދާ