މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
IAEA Marie Sklodowska-Curie Fellowship Programme

IAEA Marie Sklodowska-Curie Fellowship Programme

 

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ މަރީ ސްކްލޮޑޮވްސްކާ-ކިއުރީ ފެލޯޝިޕް ޕްރޮގޮރާމް ގައި ބައިވެރިވުމުގެ  ފުރުސަތު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ.

 

މި ޕްރޮގްރާމުގެ ދަށުން، ނިއުކްލިއަރ ސްޓަޑީޒްއާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ޑިގްރީ ހާސިލުކުރާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ އިތުރުން، އައި.އޭ.އީ.އޭ. ގެ އިންޓަރންޝިޕް ފުރުޞަތުތަކެއްވެސް ލިބިގެންދާނެއެވެ. މި ފެލޯޝިޕަކީ ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް އިސްކަންދީގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.

 

މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެލޯޝިޕް ދޭ ފަރާތުންނެވެ. މި ޕްރޮގްރާމްގެ އިތުރު މައުލޫމާތު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެންހުންނާނެއެވެ.  ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރު 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

އެޕްލައިކުރުމަށް:  https://www.iaea.org/services/key-programmes/together-for-more-women-in-nuclear/iaea-marie-sklodowska-curie-fellowship-programme  

 

މައުލޫމާތު ސާފުކުރުމަށް:   https://www.iaea.org/services/key-programmes/iaea-marie-sklodowska-curie-fellowship-programme/information-for-applicants    

 

 

16 ސެޕްޓެންބަރު 2025
ހޯދާ