މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމާއި ބެހޭ

                   އިޢުލާން

ރައްޔިތުންގެ ބައްދަލުވުމާއި ބެހޭ

ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކާބޭހޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2025 ސެޕްޓެމްބަރ 21 ވާ (އާދީއްތަ) ދުވަހުގެރޭ 20:30 ގައި ކައުންސިލް ކުރިމަތީ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ :

  1.  ކައުންސިލް ފުޓްސަލް މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދިނުން .
  2. މަސްކަނޑާތަން އަޅާ ބިމާބެހޭގޮތުން މަޢުލޫމާތު ދިނުން .
  3. އޭ.ޓީ.އެމް ބެހެއްޓުމާބެހޭ ގޮތުން މަޢުލޫމާތު ދިނުން  .

ވީމާ، މިބައްދަލުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

           މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ސެޕްޓެންބަރު 2025
ހޯދާ