މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ވެލާނާގެ އަދި ދަރުބާރުގެ އޭ.ސީތައް 02 އަހަރަށް މަރާމާތުކޮށް އަދި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ވެލާނާގެ އަދި ދަރުބާރުގެ އޭ.ސީތައް 02 އަހަރަށް މަރާމާތުކޮށް އަދި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ވެލާނާގެ އަދި ދަރުބާރުގެ އޭ.ސީތައް 02 އަހަރަށް މަރާމާތުކޮށް އަދި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2025/116 އިޢުލާންގެ އިންފޯމޭޝަން ޝީޓް ގެ ސެކްޝަން 1ގައިވާ ބީލަންހުށަހެޅުމާއި ބީލަންހުޅުވުމަށް ލިޔެވިފައިވާ ތާރިޙްއަށް ވަނީ ބަދަލުގެނެވިފައެވެ. ބަދަލު ގެނެވިފައިވާ އިންފޯމޭޝަން ޝީޓް މި އިއުލާންގައި އެޓޭޗް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ބޭނުން ކުރަންވާނީ މި އިއުލާންގައި އެޓޭޗް ކުރެވިފައިވާ އެމެންޑަޑް އިންފޯމޭޝަން ޝީޓްއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • ބީލަމާއި ގުޅޭ މައުލޫމާތު ސެޝަން 17 ސެޕްޓެމްބަރު 2025ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

 

  • ބީލަމާއި ގުޅޭ ސަރވޭ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި 10:00ގައި އަދި 20 ސެޕްޓެމްބަރު 2025 ވާ ހޮނިހިރު ދުވަހުގެ 10:00ގައި އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާގައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 22 ސެޕްޓެމްބަރު 2025ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 25 ސެޕްޓެމްބަރު 2025ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
  • އަމީނީ މަގު، ދަރުބާރުގެ
  • ކ.މާލެ،
  • އީމެއިލް: [email protected]

 

                         

16 ސެޕްޓެންބަރު 2025
ހޯދާ