ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕެއިޑް އިންޓާރންޝިޕް

ޕެއިޑް އިންޓާރންޝިޕްފުރުޞަތު:

ޑިޕާޓްމެންޓް

ކޯޑިނޭޝަން އެންޑް މޮނިޓަރިގ

މައިގަނޑު މަސައްކަތް:

  1. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ  މަސައްކަތުގެ ތެރެއިން އޮންޓޭރިއޯ ޑޮމެސްޓިކް އެސޯލްޓް ރިސްކް އެސެސްމަންޓް  "އޮޑާރާ" ގުޅޭ މަސައްކަތުގައި އެހީތެރިވުން.
  2. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ތެރެއިން ކޮމިއުނިޓީ އެންގޭޖްމެންޓް އާއި ގުޅޭ މަސައްކަތުގައި  އެހީތެރިވުން.
  3. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޝަރުތު:

  • މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތަ އިންޓަރން ކުރަންޖެހޭ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ހަފްތާ އަކު ގިނަވެގެން 48 ގަޑިއިރު.

މުއްދަތު:

  • 3 މަސް ދުވަސް (އިންޓަރންގެ ޕާފޯމަންސްއާއި، މަސައްކަތުގެ ކޮލިޓީއަށް ބަލައި ހަވާލުކުރެވިދާނެ އިތުރު މަސައްކަތްތަކެއް ހުރި ނަމަ، ނުވަތަ ފުރަތަމަ އެއްބަސްވެނު މުއްދަތުގެ ތެރޭގައި ސަބަބުތަކަކާހުރެ ނުނިމި ހުރި މަސައްކަތްތަކެއް ހުރިނަމަ މުޅި އިންޓަރންޝިޕްގެ މުއްދަތު ގިނަވެގެން 6 މަސްދުވަހަށް އިތުރުކުރެވިދާނެ (

އެލަވަންސް:


ތަޢުލީމު

 

މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

އޭ ލެވެލް

45

50

ޑިޕްލޮމާ (ލެވެލް 5)

50

55

އެޑްވާންސްޑް ޑިޕްލޮމާ(6) އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ )

55

60

ބެޗްލަރސް ޑިގްރީ (ލެވެލް 7)

65

70

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  3. ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 25 ސެޕްޓެމްބަރ 2025 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

  • ފޯން: 3010551
  • ފެކްސް: 3010552
  • އީ-މެއިލް: [email protected]
  • ވެބްސައިޓް: www.fpa.gov.mv                                       

24 ރަބީޢުލް އައްވަލް 1447
16 ސެޕްޓެމްބަރ 2025 

16 ސެޕްޓެންބަރު 2025
ހޯދާ