ދިވެހިރާއްޖެ
ޕްރީ ސްކޫލްގައި ކިޔަވައިދިނުމުގެ މަސައްކަތް ކޮށްދޭނެ 02 ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މަސައްކަތާއި ގުޅޭ މައުލޫމާތު ކޯޓޭޝަން ހުށައަޅާ ފޯމްގައި ހިމެނިފައިވާނެއެވެ. މި މަސައްކަތް ކުރުމަށް ބޭނުންވަނީ 02 މަސް ދުވަހުގެ މުއްދަތަށެވެ. މަސައްކަތް ކުރުމަށް އިތުރަށް ބޭނުންވެ އެއްބަސްވުމުގެ ޖުމުލަ މުއްދަތު 4 މަސްދުވަހަށްވުރެ އިތުރުނުވާހެން އިތުރުކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން މި ދަންނަވާ ލިޔުންތައް ހުށައަޅަންވާނެއެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ތައުލީމީ ސެޓްފިކެޓްތައް
 - ފުރިހަމަ ކޮށްފައިވާ އަގު ބަލާ ފޯމް.
 
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަސްމީގަޑީގައި ބާރަށު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
| 
 ކޯޓޭޝަން ހުށަހަޅާ ފޯމު ދޫކުރުން:  | 
 18 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ބާރަށު ކައުންސިލްގެ އިދާރާއިން.  | 
| 
 ކޯޓޭޝަން ބަލައިގަތުން:  | 
 21 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައި  | 
