| 
 ލ.ގަމު ތިން އަވަށުގެ މިސްކިތްތަކުގައި މަސައްކަތްކުރައްވާ ދާއިމީ އިމާމުން ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީގެ އިތުރުން އެކިއެކި ބޭނުންތަކަށް ވީއްލުންފަދަ ޙާލަތްތަކުގައި، ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން މިސްކިތުގައި މަސައްކަތްކުރާނެ ވަގުތީ އިމާމު/މުދިމުންގެ ޕޫލް އަލުން އެކުލަވާލައި  ދަފްތަރުކުރުމަށް މީހުން ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 
  
 | 
| 
 މަޤާމު: 
 | 
 އިމާމް/މުދިމް 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވޭޖް އެމްޕްލޯއިމަންޓް 
 | 
| 
 މުއްދަތު: 
 | 
 02 އަހަރު 
 | 
| 
 ރޭންކް: 
 | 
 ޖީ.އެސް 1 ނުވަތަ ޖީ.އެސް 3 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 10 (ދިހައެއް) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި 
 | 
| 
 މަސައްކަތުގެ އުޖޫރަ: 
 | 
- އިމާމް ކަމުގެ ޝަރުތު ފުރިހަމަވާނަމަ މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  61.00 ރުފިޔާގެ ރޭޓުން ފައިސާދެވޭނެއެވެ.
 
- މުދިމް ކަމުގެ ޝަރުތު ފުރިހަމަވާނަމަ މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  53.00 ރުފިޔާގެ ރޭޓުން ފައިސާދެވޭނެއެވެ.
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
 
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
 
- ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތެއްގައި އިމާމުވެ ފަރުޟު 05 ނަމާދު ޖަމާޢަތުގައިކޮށް ވަގުތަށް ބަންގިގޮވުމާއި، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ފާހަގަކުރެވޭނަމަ އެކަމެއް ކައުންސިލަށް އެންގުން
 
- ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ތަރާވީޙް، ކޭތަ ނަމާދު އަދި ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
 
- މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
 
- މިސްކިތުގެ ސާފުތާހިރުކަމާއި، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން .
 
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށްދަތިވާ ކަންތައްތައް ކައުންސިލް އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
 
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ، އިސްލާމްދީނާއި  ، ޤާނޫނާއި ހިލާފު އެއްވެސް ހަރަކާތެއް ހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެގިއްޖެނަމަ ވަގުތުން ކައުންސިލަށް އެކަން އެންގުން .
 
 
  
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
 
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
 
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.  ނުވަތަ،
 
- ތަޖުވީދުގެ މަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ ނަމާދުކުރަން އެގޭ މީހެއްކަމުގައިވުން. (މަތީގައިވާ ޖީ.އެސް.3 މަޤާމަށް ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ.)
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
  
 | 
- ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތުން ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ސިޓީ.
 
- ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 
- 18 އަހަރުން ދަށުގެ ފަރާތެއްނަމަ އިމާމު/މުދިމު ޕޫލްގައި ރަޖިސްޓްރީކުރުމާމެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތް ކަމުގެ ސިޓީ.
 
 
  
 | 
| 
 ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
- ޕޫލްގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއަށެވެ. ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
 
 
  
 | 
| 
 ޕޫލްގައި ރަޖިސްޓްރީކުރުމުގައި 
ބަލާނެ ކަންތައްތައް: 
  
 | 
 ޕޫލްގައި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ތަރުތީބުން، ސެޓްފިކެޓްތަކަށް ބަލައި ޕޫލްގައި ރަޖިސްޓްރީކުރެވޭނެއެވެ. އަދި ސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، މިއިދާރާއިން ކަނޑައަޅާ ޕެނަލްއަކުން އެކެންޑިޑޭޓެއް ޓެސްޓްކުރެވޭނެއެވެ. ޕޫލްގައި ރަޖިސްޓްރީކުރެވޭނީ ހުށައަޅާ ފަރާތްތަކުން ސޯޓްލިސްޓް ކުރުމަށްފަހު އެންމެ ގިނަވެގެން 10 ފަރާތެކެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800766 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 
މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. 
  
 |