ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
23 ރަބީޢުލްއައްވަލް 1447
15 ސެޕްޓެންބަރު 2025
|
ނަންބަރު
|
(IUL)179-3.3/179/2025/20
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ / އެޗް.އާރު އެންޑް އޯޑީ
|
ވަޒީފާގެ ބާވަތް
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކޯޕަރޭޓް ސަރވިސަސް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
އަސާސީ މުސާރަ
|
-/8,500 ރުފިޔާ އާއި -/10,000 އާ ދެމެދު
|
ފިކްސްޑް އެލަވަންސް
|
-/6,000 ރުފިޔާ
|
ކެޕިޓަލް މާރކެޓް އެލަވަންސް
|
ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ
|
ޑެއިލީ އެލަވަންސް
|
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުތު
|
- ހިއުމަން ރިސޯސް، ބިޒްނަސް، ފައިނޭންސް، އެކައުންޓިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
ނުވަތަ
- ހިއުމަން ރިސޯސް، ބިޒްނަސް، ފައިނޭންސް، އެކައުންޓިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
|
މައިގަނޑު މަސައްކަތާއި
ޒިންމާތައް
|
- މުވައްޒަފުން ރެކްރޫޓްކުރުމާއި ޓަރމިނޭޝަންގައި އެހީތެރިވުން
- ސްޓާފް ޑިވެލޮޕްމަންޓްސްއާ ގުޅޭ މަސައްކަތްކުރުން
- ސްޓާފުންގެ ޕަރފޯމަންސް އިވެލުއޭޓްކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން
- އެޗް.އާރު އެޕްލިކޭޝަން މެދުވެރިކޮށް ސްޓާފުންގެ ރިކޯޑްސް ބެލެހެއްޓުން (މީގެ ތެރޭގައި ހާޒިރީއާއި ޗުއްޓީއާއި ޕަރސަނަލް ފައިލްގެ ރެކޯޑްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން)
- ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ސިޓީ، ނޯޓް، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި ބަލައިގަތުމާއި އަދި ސެކްޝަނުން ފޮނުވާ މިފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި އޭގެ ރިކޯޑް މެއިންޓެއިންކުރުން
- މުވައްޒަފުންގެ މުސާރައާގުޅޭ އެންމެހައި މަސައްކަތް
- ސެކްޝަނުން ބާއްވާ ބައްދަލުވުން ތަކުގެ ޔައުމިއްޔާ / ރެކޯޑްތައް ބެލެހެއްޓުން
- އޮތޯރިޓީގެ އޮޕަރޭޝަނަލް ޕްރޮސީޖަރ އާ އެއްގޮތަށް އެންމެހައި މަސައްކަތްކުރުން
|
ޕޮއިންޓް ދޭނެ މިންގަނޑުތައް
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ 25 އިންސައްތަ)
- އެޗް.އާރު ދާއިރާގެ މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ 15 އިންސައްތަ)
- އެސެސްމަންޓް (ކަނޑައެޅިފައިވާ 20 އިންސައްތަ)
- އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ)
|
އެޕްލިކޭޝަން ސުންގަޑި
|
- 30 ސެޕްޓެންބަރު 2025ގެ 23:59 ގެކުރިން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ، އެސެސްމަންޓް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
އެޕްލިކޭޝަން ހުށަހެޅުން
|
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.
Application Form
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|