ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

        ނަންބަރ: ASMH-Procure/2025/2

 

ކޮޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ގުދަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އިމާރާތެއް ހޯދުން

ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެ 600 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން  ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚުގައި ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 15 ސެޕްޓެމްބަރ 2025 އިން 18 ސެޕްޓެމްބަރ 2025 ވަނަދުވަހުގެ 09:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 18 ސެޕްޓެމްބަރ 2025، މެންދުރު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

ކޮޓޭޝަން ހުށަހެޅުން:  18 ސެޕްޓެމްބަރ 2025، 13:30 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

15 ސެޕްޓެންބަރު 2025
ހޯދާ