ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުން ދީފައިވާ ސްޕެސިފިކޭޝަން އާ އެއްގޮތަށް 10 ވޫޑް-ޓްޕް ފޯލްޑަބަލް ޓޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުން ދީފައިވާ ސްޕެސިފިކޭޝަން އާ އެއްގޮތަށް 10 ވޫޑް-ޓްޕް ފޯލްޑަބަލް ޓޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)196-C/1/2025/54 (02 ސެޕްޓެންބަރު 2025) އިޢުލާނުގައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 28 ސެޕްޓެންބަރު 2025، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/fq9znaHvqw

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 29 ސެޕްޓެންބަރު 2025، 10:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 29 ސެޕްޓެންބަރު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

 

23 ރަބީޢުލްއައްވަލް 1447

15 ސެޕްޓެންބަރު 2025
ހޯދާ