އިޢުލާނު
|
މަޤާމު:
|
ކޯޓު އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު
|
މުސާރަ:
|
4,465/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޖުޑީޝަލް އެލަވަންސް: 1,562.75/- (އަސާސީ މުސާރައިގެ 35%) ރުފިޔާ،
- ސަރވިސް އެލަވަންސް: 1,500/- ރުފިޔާ،
- ލިވިންގ އެލަވަންސް: 2,550/- ރުފިޔާ،
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މެޖިސްޓްރޭޓްގެ ލަފާގެމަތިން މައްސަލަ ޝެޑިއުލްކުރުމާ، އެކި ފަރާތްތަކުން އަންނަ މެސެޖްތަކާ ގުޅިގެން ނަގަންޖެހޭ ބަޔާންތައް ނެގުމަށް ޝެޑިއުލްކުރުން.
- މެޖިސްޓްރޭޓްގެ ލަފާގެމަތިން ކޯޓް ކަލަންޑަރު ތައްޔާރުކޮށް، ހިންގޭނެ ނުހިންގޭނެ މައްސަލަ ފާހަގަކޮށް ކޮންމެ ދުވަހަކު މެޖިސްޓްރޭޓާ ޙިއްސާކުރުން.
- ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ޙާޟިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރުން.
- ޝަރީއަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖުރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- މުއްދަތު މަޖްލިސް ބެލެހެއްޓުމާ، ހައްޔަރު، ބަންދު އަދި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިދާރީ ކަންކަން ކުރުން.
- މަޙްޟަރު ބަޔާންތައް ފުރިހަމަކޮށް ސޮއިކުރުވުމާ، މައްސަލައިގައި ޙާޟިރުވަނީ މައްސަލައިގެ ޚަސްމުންކަން ޔަޤީންކުރުން.
- ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން.
- ހުށަހެޅިފައިވާ ޤަޟިއްޔާއާ ގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމާއި ހުށަހެޅޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ކުށުގެ ރިކޯޑް ސާފުކުރުމާ، ޙުކުމް ކުރެވޭ ޤަޟިއްޔާތަކާ ގުޅިގެން ކުރަންޖެހޭ އަންނަނިވި އިދާރީ މަސައްކަތްތައް ފުރިހަމަކުރުން؛
- ޚަރަދު ރަސީދާ ދަރަނީގެ ރަސީދު ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން
- ސާބިތުކުރެވޭ ޚަރަދާ، ދަރަނީގެ މައްސަލަތަކުގެ މަޢުލޫމާތު ފައިސާއާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން؛
- ޙައްދު ، ތަޢުޒީރު ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
- ވަރި، ކާވެންޏާބެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރަން ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރުން؛
- ނިމޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް އެމައްސަލަތަކުގެ ރިކޯޑް ބަލަހައްޓާ، ތަފާސް ހިސާބު އަދާހަމަކޮށް، ނިމޭ މައްސަލަތަކުގެ ފައިލްތައް އާކައިވް ކުރުވުން؛
- ކުށުގެ ރިކޯޑާ، ވަރިކާވެނީގެ ރިކޯޑްތައް އަޕްޑޭޓްކޮށް ބަލަހައްޓައި، އެމަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
- ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް އެލިޔުންތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ފޯރުކޮށްދިނުން؛
- ކޭސް މެނޭޖްމަންޓް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުން.
- ޝަރުޢީ ނުވަތަ އިދާރީ ސެކްޝަނުގެ މުވައްޒަފެއް ޙާޟިރު ނުވެއްޖެ ހިނދެއްގައި، ކޯޓުން އާއްމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރަގޮތަށް އެމުވައްޒަފެއްގެ މަސައްކަތް ކުރުން .
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާއިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް ދާއިރާ
- ޝަރީޢާ، ޤާނޫނީ ދާއިރާ
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
އެހެނިހެން ޝަރުޠު:
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
- ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛
- މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
- ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛
- ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
- އަނބިމީހާ ނުވަތަ ފިރިމިހާ؛
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މާރކްސް
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
25
|
އިންޓަވިއު
|
35
|
ޖުމްލަ
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ސެޕްޓެމްބަރު 28 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަވިއު އޮންނާނީ، 05 އޮކްޓޯބަރު 2025 އާއި 13 އޮކްޓޯބަރު 2025 އާ ދެމެދު، މި ކޯޓު ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600125 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- · މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
|