މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮއިލަރ / ރަންދި 25

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 އޮއިލަރ

ބޭނުންވާ ޢަދަދު

 01  

ވަޒީފާގެ ބާވަތް

 01 ކޮންޓްރެކްޓް ( ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރަންދި 25  (ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް)

ޖުމްލަ މުސާރަ:

 10005.00 ރުފިޔާ

ޝަރުޠު:

ގިނަވަގުތު މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަގަޅު ފަރާތެއް ކަމުގައިވުން 

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިންޖިންރޫމްގައި ކުރަން ހުރި މެއިންޓަނަސް މަސައްކަތް ކުރުން.
  • ބޯޓު ބަނދަރުތަކަށް ފުރުމުގެ ކުރިން ތެލާއި ފެނާއި ހަމަޔަށް ހުރިތޯ ބެލުން
  • އިންޖިންރޫމް ޑިއުޓީކުރުން
  •  އިންޖިނިއަރގެ ބެލުމުގެ ދަށުން އިންޖިންރޫމްގައި ކުރަންހުރި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

މި މަޤާމަށް މީހަކު ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައެވެ. 

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 ސެޕްޓެމްބަރ 2025 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މ މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2025
ހޯދާ