ދިވެހިރާއްޖެ
ޕިންކް ރިބަން ރަން/ވޯކް 2025 ގެ ނަމުގައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބެންކް އޮފް މޯލްޑިވްސް ގުޅިގެން އަހަރަކު އެއްފަހަރު އުރަމަތީގެ ކެންސަރަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކެއް، ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށެވެ. މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ތިން ކެޓެގަރީއެއްގެ ބިބްސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތުން ލިބޭ ފަންޑް ބޭނުންކުރެވޭނީ ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކަށާއި، ކެންސަރ ސޮސައިޓީގެ ހަރަކާތްތައް ހިންގުމަށްކަމުގައިވެސް ދަންނަވަމެވެ. ބިބްތަކުގެ އަގުތައް ތިރީގައި މިވަނީއެވެ.
- އާދައިގެ ބިބް: -/50ރ (ފަންސާސް ރުފިޔާ)
- އޯނަރޑް ބިބް: -/75ރ (ހަތްދިހަ ފަސް ރުފިޔާ) (ބްރެސްޓް ކެންސަރ ބައްޔާއި ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ ޝަރަފުގައި ބައިވެރިވާ ބޭފުޅުންނަށް)
- އިން މެމޮރީ ބިބް: -/75 (ހަތްދިހަ ފަސް ރުފިޔާ) (އާއިލާ ބޭފުޅެއް ނުވަތަ ގާތް ރައްޓެއްސެއް މި ބަލީގައި ނިޔާވެފައިވާނަމަ އެފަރާތެއްގެ ހަނދާނުގައި ބައިވެރިވާ ބޭފުޅުންނަށް)
ވީމާ، މި ބިބްތައް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ގެ ކުރިން ތިރީގައިމިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު 7882295 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. ފައިސާ ޖަމާކުރައްވާއިރު ޕޭމަންޓް ސްލިޕްގައި ނަމާއި އައިޑީ ކާޑު ނަންބަރ އަދި ބޭނުންފުޅުވާ ބިބްގެ ނަން ޖެއްސެވުން އެދެމެވެ.
އެކައުންޓް ނަންބަރ: 7730000588834
އެކައުންޓްގެ ނަން: ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.