މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ކޮޅުފުށީ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ކުރިޔަށްދާ ދުވަސްވަރު އެސަރަހައްދުން ގާޑިޔާ ދޫކުރުން

މ.ކޮޅުފުށީ ކައުންސިލް ފުޓްސަލް ޗެލެންޖް 2025، 19 ސެޕްޓެމްބަރ 2025 އިން 24 ސެޕްޓެމްބަރ 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި ކައުންސިލް ވޮލީކޯޓް ކައިރިން ގާޑިޔާ ހިންގުމަށް 3 ގޮޅި ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތާއި ގުޅޭގޮތުން ކޯޓޭޝަން ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭނީ އެންމެ ބޮޑު އަގު ހުށަހަޅާ 2 ފަރާތަކަށެވެ. ކޯޓޭޝަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ -/500 ( ފަސްސަތޭކަ ރުފިޔާ) އެވެ. އެއްފަރާތަށްވުރެށް ގިނަ ފަރާތްތަކުން އެއް އަގެއް ހުށަހަޅާފައިވާނަމަ ގާޑިޔާ ލިބޭ ފަރާތް ކަނޑައަޅާނީ ގުރު ލައިގެންނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ސެޕްޓެންބަރު 2025
ހޯދާ