މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

އިޢުލާން

 

އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

މި ބިއުރޯގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭގެ މަސައްކަތަށް، ގާތްގަނޑަކަށް 1000 އަކަފޫޓާއި 1200 އަކަފޫޓާއި ދެމެދު އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދިދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް. bids.stats.gov.mv

 

ބީލަން ބަލައިގަތުން އޮންނާނީ 2025 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ 11:00 ގައި "ދާރުލް އީމާން ބިލްޑިންގ"ގެ 8 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމްގައިއެވެ. މިގަޑީގެ ފަހުން ގެންނަ ބީލަންތަށް ބަލައެއް ނުގަނެވޭނެކަން ފާހަގަކޮށްލަމެވެ. މި ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިއުލާންއާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މަތީގައި ދެންނެވިފައިވާ ބިޑް ލިންކުންވެސް ލިބެންހުންނާނެއެވެ. މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ މިބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

 

            23 ރަބީޢުލްއައްވަލް 1447

            15 ސެޕްޓެމްބަރު 2025

15 ސެޕްޓެންބަރު 2025
ހޯދާ