މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2025 ސެޕްޓެމްބަރު 14 އިން އޮކްޓޫބަރު 01 އަށް، ހުޅުމާލެ ފޭސް 1 އަދި 2 ގައި ކުރިއަށްގެންދިއުން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2025 ސެޕްޓެމްބަރު 14 އިން އޮކްޓޫބަރު 01 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ހުޅުމާލެ ފޭސް 1 އަދި 2 ގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ޔުނިފޯމްގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެއްވެސް ބާވަތެއްގެ ހަތިޔާރު އަދި ގޮވާތަކެތި ބޭނުމެއް ނުކުރާނެއެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ސެޕްޓެންބަރު 2025
ހޯދާ