ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފަޅުވެރިންގެ ސެޓްފިކެޓް ކޯސް (FCC)" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 ނަންބަރ: (IUL)242-AS/242/2025/22

                                                    އިޢުލާން

"ފަޅުވެރިންގެ ސެޓްފިކެޓް ކޯސް (FCC)" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި އިދާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން ފަޅުވެރިންގެ ސެޓްފިކެޓް ކޯސް (FCC) 2025، އޮކްޓޯބަރ 14އިން 15އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ  25 ބޭފުޅަކަށެވެ. އަދި ބައިވެރިންގެ ކޯސް ފީގެ ދެބައިކުޅަ އެއްބައި މި އިދާރާއިން ދައްކާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދައްނަވަމެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާގެ އީމެއިލް [email protected]  އަށް ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދެމެވެ. ކޯހަށް ވަނުމަށް އެދޭ ފޯމާއި މެޑިކަލް ޓެސްޓް ފޯމް މި އިއުލާނުގައި ހިމެނިފައިވާނެ ވާހަކަ ދެއްނެވީމެވެ. އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7474232 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ކޯހުގެ ތަފްސީލް:

  • މުއްދަތު: 12 ގަޑިއިރު (ކޮންޓެކްޓް)
  • ޝަރުތު: އުމުރުން 18 އަހަރު ފުރިފައިވުން، ދިވެހިބަހުން ލިޔަން ކިޔަން އެނގުން އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން.
  • ޖުމްލަ ފީ (ބައިވެރިއަކަށް): 500 ރުފިޔާ. (ބެޗެއްގައި މަދުވެގެން 19 ދަރިވަރުން ބައިވެރިވާނަމަ)
  • އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން: ކޯހަށް އެދި ހުށަހަޅާ ފޯމް، ހެއްދިފަހުން 3 މަސް ނުވާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މެޑިކަލް ސެޓްފިކެޓް އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2025
ހޯދާ