މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށް، 27 ސެޕްޓެންބަރ 2025 ގައި ބޭއްވުމަށް ނިންމާފައިވާ "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025" ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 27 ސެޕްޓެންބަރ 2025 އިން 08 އޮކްޓޫބަރު  2025 ވަނަ ދުވަހުގެ ނިޔަލަށް، ކެނދިކުޅުދޫ ޓާފް ވޮލީބޯލް ދަނޑުގައެވެ.

 

ގާޑިޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:

އަދަދު

ބާވަތް

ތަން

ތަނުގެ ބޮޑުމިން

އެންމެ ކުޑަ އަގު

4

މޭޒު/ގާޑިޔާ

ދަނޑުގެ ހުޅަނގު އަދި އިރުމަތީ ފަރާތް

09'*'10

ދުވާލަކަށް -/350ރ

 

ގާޑިޔަލުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

 

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.

 

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560668 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ  [email protected] އަށް މެއިލް ކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ އަސްލު ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.

 

 

 

ވީމާ، "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2025" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ގާޑިޔާ ހިންގުމަށް، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 22 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާއެކު ގާޑިއާ ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު އެނގޭނެ ކުރެހުން އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22  ރަބީޢުލްއައްވަލް  1447    

14  ސެޕްޓެންބަރު   2025

14 ސެޕްޓެންބަރު 2025
ހޯދާ