ދިވެހިރާއްޖެ
މިރަށުގެ މައިމަގުތަކާއި ބައެއްގޯޅިތަކުގައި ހޮޅިދަނޑިޖެހުމައްޓަކައި "18 އިންޗިފުންމިނަށް ކޯރު ކޮނެ، ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
- ކައުންސިލްއިން ކަނޑައަޅައި މަގުތަކާއި ގޯޅިތަކުގައި ކޯރު ކޮނުން. (3178.46 މީޓަރ)
- ކޭބަލް އަޅައި ފަސްލުން. ( އަމިއްލަހަރަދުގައި ވާނިން ޓޭޕް އެޅުމާއިއެކު)
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ، އޮންލައިންކޮށް https://forms.gle/X5aiTZAqKxY7BiKu7 މި ލިންކް މެދުވެރިކޮށް 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ކޯރުކޮނުމަށް ހަމަޖެހިފައިވާ މަގުތަކާއި ގޯޅިތަކުގެ ތަފްސީލް އަދި އެސްޓިމޭޓް ހުށަހަޅާ ފޯމް ރަޖިސްޓްރޭޝަންގައިވާ އީމެއިލްއަށް ފޮނުވާދެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13.00 އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި " ކޯރުކޮނެ ކޭބަލް އެޅުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކުން ބިޑާއި ގުޅިގެން ބޭއްވޭ އެއްވެސް ބައްދަލުވުމަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް ހަމަޖެއްސި ލިޔުމާއި އައިޑީ ކާޑް ކޮޕީ ބައްދަލުވުން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
80% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
20% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted price x Allocated percentage |
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v ރަޖިސްޓްރީނުކުރައްވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
3 އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
ފެކްސް ނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.