ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2025/39
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސެންޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހޯލްގަ ސައުންޑް ސިސްޓަމް ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން[email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި މި ސެންޓަރުގެ (ހުޅުމާލެ ސީ އެޗް އެސް އީ ، ކުރިކީލަ މަގު) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
22 ރަބީޢުލްއައްވަލް 1447
14 ސެޕްޓެންބަރު 2025