މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރްއާން ކްލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ކައުންސިލް ޤުރްއާން ކްލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                   މިކައުންސިލްގެ ދަށުން ހިންގަމުންދާ ޤުރްއާން ކްލާހުގައި ހުރިހާ އުމުރުފުރާއެއްގެ މީހުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވުނު ވާހަކަ ދަންނަވަމެވެ.

                ޤުރްއާން ކްލާސް ހިންގުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނުނަގައެވެ. 2025 އޮކްޓޯބަރ 01 ގެފަހުން ކްލާސްތައް ކުރިއަށްގެންދެވޭނީ އަލުން ރަޖިސްޓަރީ ކުރާފަރާތްތަކަށެވެ.

ޤުރްއާން ކްލާހަށް ކުދިން ވެއްދުމަށް އަދި ޤުރްއާން ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ޤުރްއާން ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2025 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2025
ހޯދާ