މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު ކައުންސިލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

މާފަރު ކައުންސިލްގެ ފަރާތުން ބާއްވާ މާފަރު ކައުންސިލް ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމަށް ހުޅުވާލަމެވެ. މި މުބާރާތަކީ  ކައުންސިލްގެ ފަރާތުން ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 އޮކްޓޯބަރ 2025 ގައެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މާފަރު ކައުންސިލް ވޮލީ ބޯޅަ މުބާރާތް 2025 ގެ ޤަވާއިދުގައި ވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހެވެ.

12 ސެޕްޓެންބަރު 2025
ހޯދާ