ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު މި އޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ޤާއިމްކުރެވިފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ފެމެލީ ކްލައިންޓުން ބޭނުންކުރަމުންދާ ފާހާނާބަރި މަރާމާތު ކުރުމުގެ މަސައްކަތާއި އަދި ސެންޓަރުގެ ނަރުދަމާ ނިޒާމް ހިންމަފުށީގެ ނަރުދަމާ ނިޒާމާއި ގުޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ސެޝަން އާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި ވޯކް ބްރޭކްޑައުން ޝީޓް (2 ޝީޓް) އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. |
|||
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސެޝަން |
13 ސެޕްޓެމްބަރ 2025 (ހޮނިހިރު) |
02:00 (މެންދުރުފަހު) |
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ. ހިންމަފުށި |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
23 ސެޕްޓެމްބަރ 2025 (އަންގާރަ) |
10:00 (ހެނދުނު) |
ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ) |