ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ފުޓްސަލް ޗެލެންޖް 2025" މުބާރަތް ކުރިޔަށްދާ ވަގުތުތަކުގައި މޭޒު ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުން

"ކައުންސިލް ފުޓަސަލް ޗެލެންޖް 2025"  މުބާރާތް 2025 ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށްވަނީ  ހަމަޖެހިފައިވެއެވެ. މިމުބާރާތް ކުރިއަށްދާ ވަގުތުތަކުގައި އެސަރަޙައްދުގައި ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި 02 މޭޒު ބެހެއްޓުމަށް ބޭނުންވެއެވެ.

މިހެންކަމުން، ގއ.ވިލިނގިލި އެކި ސަރަހއްދުތަކާއި އާއްމު ތަންތަނުގައި ގާޑިޔާ/ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމުން ފީ ނެގުމުގެ އުޞޫލުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މޭޒު ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ މޭޒު ބަހައްޓާ ކޮންމެ ދުވާލަކަށް 100 ރުފިޔާ އެވެ. އަދި މި 2 މޭޒު ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑުއަގު ހުށަހަޅާ 2 ފަރާތަށް ކަމުގައި ދަންނަވަމެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުށް، މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ ފޯރމް ފުރިހަމަކުރުމަށްފަހު، 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. 2 ފަރާތަކުން އެއް އަގެއް ހުށަހަޅައިފިނަމަ ގާޑިޔާ ދޫކުރެވޭނީ އެ ދެ ފަރާތުގެ މެދުގައި ގުރުއަތު ލުމަށްފަހު ލިބޭ ފަރާތަކަށެވެ. 

11 ސެޕްޓެންބަރު 2025
ހޯދާ