ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އެސިސްޓެންޓް މެނޭޖަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2025/005

ތާރީޚް: 11 ސެޕްޓެމްބަރ 2025

މަޤާމް

އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/7,400 ރ

އެހެނިހެން ޢިނާޔަތްތައް:

- ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު -/4,500 ރުފިޔާ އާއި،

- ލިވިންގް އެލަވަންސްގެ ގޮތުގައި މަހަކު -/4,200 ރުފިޔާ ލިބިލައްވާނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ޙާޟިލުކޮށްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 06 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 08 ގެ ސަނަދެއް ޙާޟިލުކޮށްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ކުންފުނީގެ މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަން ޕްލޭންތައް އެކުލަވާލުމަށް ބޭނުންވާ ލިޔެ ކިޔުންތައް ޑިޕާޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން ލިޔެ ތައްޔާރުކުރުން.
  2. ކުންފުނީގެ މާރކެޓިންގ އަދި ބްރޭންޑިންގ ޕްލޭންތައް އެކުލަވާލާ ޑިޕާޓްމަންޓް ހެޑްގެ އިރުޝާދާއި އެކު ތަންފީޒުކުރުން.
  3. ކުންފުނީގެ ސޯޝަލް މީޑިއާ ޕްރެޒެންސް ޑިވަލޮޕްކޮށް މެނޭޖްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ބޭނުންވާ ލިޔެކިޔުންތައް ލިޔެ ތައްޔާރުކުރުން.
  4. ކުންފުނީގެ މާރކެޓިންގ އިތުރަށް ފުޅާކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަނެ އެކަމާއި ގުޅޭ ދިރާސާ ކުރުމަށްފަހު ކޮންމެ އަހަރަކު މާރކެޓިންގ ޕްލޭން އަދި ބަޖެޓް ތައްޔާރުކުރުން.
  5. ކުންފުނިން ބާއްވާ އެކި މުނާސަބަތުތަކާއި އިވެންޓްތައް ބޭއްވުމަށް އެހީތެރިވުން އަދި ރާވާ ހިންގުން.
  6. ކުންފުނީގެ ވެބްސައިޓަށް ބޭނުންވާ މައުލޫމާތު ހޯދާ ކުންފުނީގެ ވެބްސައިޓް އަޕްޑޭޓްކުރުން.
  7. ކުންފުނީގެ ޕަބްލިކް ރިލޭޝަން ޑިވެލޮޕް ކޮށް މެނޭޖްކޮށް ޚަބަރު ފަތުރާ ވަސީލަތްތަކަށް ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދިނުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

16 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 17 ސެޕްޓެމްބަރ 2025 އާއި 18 ސެޕްޓެމްބަރ 2025 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެއްވުމަށް:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ :

[email protected]

އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

11 ސެޕްޓެންބަރު 2025
ހޯދާ