ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓޮކް އަދި އެޑްމިނިސްޓްރޭޓަރ ރޫމް ހިމެނޭ އޭރިއާ މަރާމާތުކުރުން
- މިސްކޫލްގެ އެޑްމިނިސްޓްރޭޓަރ ރޫމް އަދި ސްޓޮކްގެ ގޮތުގައި ބޭނުންކުރާ އޭރިޔާ މަރާމާތުކުރުމަށް ބޭނުންވާތީ މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެމްބަރ 11 އިން 2025 ސެޕްޓެމްބަރ 15ގެނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑްރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބީލަން ހުށައެޅޭނީ މިމުއްދަތުގައި ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:
https://docs.google.com/forms/d/17L7Kp8-_ClZCPC_2OLqHzogbB7qCJgcyl-6-VTJT_5k/edit
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025ސެޕްޓެމްބަރ 15ވަނަދުވަހުގެ 18:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 17 ވަނަދުވަހުގެހެނދުނު 11:00 ގައިޢިމާދުއްދީން ސްކޫލްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، ގަލޮޅު
މާލެ، ދިވެހިރާއްޖެ.
ފޯން: 3006648
އީ-މެއިލް: [email protected]
ކޮޕީ-މެއިލް:[email protected]
11 ސެޕްޓެންބަރު 2025
ހޯދާ