ދިވެހިރާއްޖެ
މިމަރުކަޒުގެ 4 ކުލާސްރޫމް ޢިމާރާތުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމަރުކަޒުގެ ނަންބަރު GS15/2025/22 އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނުވަތަ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން އަންދާސީ ހުށަހެޅުމަށް ނަން ނޯޓް ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 6580031 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
|