ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ ކަންކަން އިންތިޒާމްކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ކެލާގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ ކަންކަން އިންތިޒާމްކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ކެލާގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ގޯލްޑެން ފުޓްސަލްމުބާރާތް 2026 ގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، އަދި ޓީމްގެ ހުރިހާކަމެއް މެނޭޖުކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ކެލާގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ މިދެންނެވި ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

 

 

11 ސެޕްޓެމްބަރ 2025 އިން 17 ސެޕްޓެމްބަރ 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1-      މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ހއ.ކެލާގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު،ޖަމްޢިއްޔާ ޖަމާއަތް އަދި އަދި ކުޅިވަރު އެކަޑަމީތަކަށް ޖަމާއަތްތަކަށެވެ.

2-      ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]

11 ސެޕްޓެންބަރު 2025
ހޯދާ