މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޕިންކް ރިބަން ރަން/ވޯކް 2025" އާއި ގުޅޭ

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިގެން އޮކްޓޯބަރ މަހު އުރަމަތީގެ ކެންސަރަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ޕިންކް ރިބަން ރަން/ވޯކް" މިނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތުގައި ބައިވެރިވެވޭނީ ކެންސަރ ސޮސައިޓީގެ ފަރާތުން ވިއްކާ ބިބް/ޓީޝާޓް ގަނެގެންކަމުގައިވާތީ މިތަކެތީގެ އަގުތައް ތިރީގައިމިވަނީއެވެ.

ނޯމަލް ބިބް: -/50

އޯނަރޑް ބިބް (ޝަރަފްގައި): -/75

އިން މެމޮރީ ބިބް (ހަނދާނުގައި): -/75

ޓީޝާޓް: -/250

އަދި މިހަރަކާތުން ލިބޭ ފަންޑް ބޭނުންކުރެވޭނީ ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކަށާއި، ކެންސަރ ސޮސައިޓީގެ ހަރަކާތްތައް ހިންގުމަށްކަމުގައިވެސް ދަންނަވަމެވެ. ވީމާ، މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ކުރިން، ރަސްމީ ގަޑީގައި 6580069 ނަންބަރު ފޯނާއި ގުޅުއްވާ ނަން ނޯޓު ކުރެއްވުން އެދެމެވެ.

11 ސެޕްޓެންބަރު 2025
ހޯދާ