ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
18 ރަބީޢުލްއައްވަލް 1447
10 ސެޕްޓެންބަރު 2025
|
ނަންބަރު
|
(IUL)179-3.3/179/2025/19
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް 1 (އެކެއް) އަހަރު
|
މަސައްކަތް ކުރަންޖެހޭ ތަން
|
މާރކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
އަސާސީ މުސާރަ
|
-/10,500 ރުފިޔާ އާއި -/12,000 އާ ދެމެދު
|
ފިކްސްޑް އެލަވަންސް
|
-/7,000 ރުފިޔާ
|
ކެޕިޓަލް މާރކެޓް އެލަވަންސް
|
ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ
|
ޑެއިލީ އެލަވަންސް
|
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ނުވަތަ
- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯރކުގެ ލެވެލް 7 ޙާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މި ދާއިރާއިން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
|
މައިގަނޑު މަސައްކަތާއި
ޒިންމާތައް
|
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން.
- ކެޕިޓަލް މާރކެޓް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގައި އެހީތެރިވެދިނުން.
- ކެޕިޓަލް މާރކެޓް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ރެގިއުލޭޓަރީ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި ޓެކްނިކަލް ސަޕޯޓްދިނުމާއި ފައިނޭންޝަލް ރިޕޯޓްތައް ރިވިއުކޮށް އެނަލަސިސް ހެދުމުގައި އެހީތެރިވެދިނުން.
|
ޕޮއިންޓް ދޭނެ މިންގަނޑުތައް
|
- ޙާސިލުކޮށްފައިވާ ތަޢުލީމް (ކަނޑައެޅިފައިވާ 30 އިންސައްތަ)
- ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ 20 އިންސައްތަ)
- ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ 10 އިންސައްތަ)
- އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ)
|
އެޕްލިކޭޝަން ސުންގަޑި
|
- 23 ސެޕްޓެންބަރު 2025ގެ 23:59 ގެކުރިން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
އެޕްލިކޭޝަން ހުށަހެޅުން
|
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.
Application Form
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|