ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ފުލިދޫ " އަޙްމަދު މޫސާ " މިސްކިތުގެ އިމާމް ކޮޓަރިއާއި، ސައުންޑް ކޮޓަރި އަމިއްލަ ތަކެތީގައި ޢިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވޭ

          ވ.ފުލިދޫ " އަޙްމަދު މޫސާ " މިސްކިތުގެ އިމާމް ކޮޓަރިއާއި ސައުންޑް ކޮޓަރި، މިޢިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       މިކަމާއި ގުޅިގެން ކުރިއަށް ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 15 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މިޢިދާރާގެ މީޓީންގް ރޫމްގައި އޮންނާނެއެވެ. ހަމަމިއާއެކު، ބިޑް/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މިޢިދާރާގެ މީޓިންގް ރޫމްގައެވެ. ބިޑް/ޕްރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑިޖެހިގެން ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

      މިކަމާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ބިޑް ފޯމު މިއިޢުލާނާއިއެކު ވާނީ އާއްމުކުރެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިޢިދާރާގެ ނަންބަރު 6700603 ނުވަތަ 9911190 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ( އީމެއިލް : [email protected]   (

11 ސެޕްޓެންބަރު 2025
ހޯދާ