އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އދ.ދަނގެތީގައި ޓޫރިސްޓުން ގެންގުޅުމާއި ބެހޭ އުޞޫލު" ޢާންމު ކުރުން:

އިޢުލާން:

"އދ.ދަނގެތީގައި ޓޫރިސްޓުން ގެންގުޅުމާއި ބެހޭ އުޞޫލު" ޢާންމު ކުރުން:

އދ.ދަނގެއްޗަށް ޒިޔާރަތްކުރާ ޓޫރިސްޓުން އުޅެންވާނޭ ގޮތާއި ޢާންމު އިޖުތިމާޢީ މިންގަނޑު ތެރޭގައި، ދިވެހި މުޖުތަމަޢެއްގެ ތެރޭގައި ހިފަހައްޓަންޖެހޭ ޢާންމު އުޞޫލުތަކާއި އާދަތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމާއި، ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކުން ހިފަހައްޓަންޖެހޭ އުޞޫލުތަކާއި ހަމަތަކެއް ކަނޑައަޅައި، ރަށުގެ ޢާންމު ސަރަޙައްދުތަކާއި ވަޞީލަތްތައް ފަތުރުވެރިން ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތާއި، މިކަންކަން ހަރުދަނާ ގޮތެއްގައި މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި މިކައުންސިލުން އެކުލަވާލާފައިވާ "އދ.ދަނގެތީގައި ޓޫރިސްޓުން ގެންގުޅުމާއި ބެހޭ އުޞޫލު" މިކައުންސިލްގެ ނަމްބަރ 164/2025/352 (15 ޖުލައި 2025) ޢާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

ވުމާއިއެކު، މިއުޞޫލު 10 ސެޕްޓެމްބަރ 2025 ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާތީ، 10 ސެޕްޓެމްބަރ 2025 ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލު ކުރަމުން ގެންދާނެ ވާހަކަ ރައްޔިތުންނާއި، ޓޫރިސްޓް ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ރަބީޢުލްއައްވަލް 1447ހ

10 ސެޕްޓެމްބަރ 2025މ

10 ސެޕްޓެންބަރު 2025
ހޯދާ