މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

 ކ.ގާފަރު، ދިވެހިރާއްޖެ                                                                                 

   (IUL)331-FI/331/2025/69 :ނަމްބަރު                                                                 

                                 އިޢުލާން

ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

     

މިކައުންސިލުން ފާސްކޮށްފައިވާ "ކ.ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އާއި އެއްގޮތްވާ ގޮތުގެ މަތީން ކ.ގާފަރުން ބަންޑާރަ ގޯތި ދޫކުރުމަށް މި ކައުންސިލްއިން ކަނޑައަޅައިފީމެވެ.

އުސޫލާއި އެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 1680 (ސޯޅަސަތޭކަ އަށްޑިހަ) އަކަފޫޓުގެ 60 (ފަސްދޮޅަސް) ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ތިރީގައި އެވަނީއެވެ.

 

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަ ވާންވާނެއެވެ.

 

  1. ދިވެހި ރައްޔިތަކަށްވުން.
  2. ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން 1200 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަޞިއްޔަތުން ލިބިފައިނެތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް ގޯއްޗެއް ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިނެތުން.
  4. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ފަރާތަކަށް ނުވުން
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓު، ރޯހައުސް، ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި، ނުވަތަ ލިބިފައި ނެތުން، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއް ގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައިވާ ފަރާތަކަށް ނުވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން.
  7. ކ.ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ލިބިފައިމެ، އެގޯތި ވިއްކާލާފައިވާ ނުވަތަ ހިބައިން ނުވަތަ ވަޞިއްޔަތުން ދީފައިވާ ފަރާތަކަށް ނުވުން.
  8. ރާއްޖޭގޭ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޯތި ނުވަތަ ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓް ދޫކޮށްލާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސްވެފައިވުން
  9. ރާއްޖޭގޭ އެއްވެސް ރަށަކުން ފްލެޓެއް/ރޯހައުސް/ހައުސިންގ ޔުނިޓެއް ލިބިފައިމެ، ފްލެޓް/ރޯހައުސް/ހައުސިންގ ޔުނިޓް ވިއްކާލާފައިވާ ނުވަތަ ހިބައިން ނުވަތަ ވަޞިއްޔަތުން ދީފައިވާ ފަރާތަކަށް ނުވުން.

 

ފޯމް ދޫކުރުން

ގޯއްޗަށް އެދި ހުށައަޅާ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެމްބަރ 10 ން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށެވެ. ފޯމް ލިބެން ހުންނާނީ މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއިންނެވެ. އަދި ގޯއްޗަށް އެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިންކޮށްފައިވާ އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ފޯމް ބަލައިގަތުން

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެމްބަރ 17 ން ފެށިގެން 2025 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ނިޔަލަށް މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއިންނެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން 13:00 ށް ގާފަރު ކައުންސިލް އިދާރާއިންނެވެ.

 

މި އިޢުލާނާއި އެކު "ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުޞޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.

10 ސެޕްޓެންބަރު 2025
ހޯދާ