ދިވެހިރާއްޖެ
ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސަރޗް" ސްކޮލަރޝިޕް 2025
ތަޢާރަފު ދިވެހި ތަރިކައަށްޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކުރެވިގެން ހުޅުވާލެވޭ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ރިސަރޗް މަސައްކަތްކުރުމުގެ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު،ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހިންގާ މަޝްރޫއެކެވެ. |
|
2. މުހިންމު މަޢުލޫމާތު 2.1 މި މަޝްރޫޢުގެ ދަށުން ހުޅުވާލަނީ 40 ސްކޮލަރޝިޕް ފުރުސަތެވެ. 2.2 މި ސްކޮލަރޝިޕް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ހާސިލްކުރެވޭނެއެވެ. 2.3 މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ރިސަރޗް މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. 2.4 ރިސަރޗް މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު (2 ދުވަހު) ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހޭނެއެވެ. 2.5 މި ސްކޮލަރޝިޕްގައި ދިރާސާކުރާ މައުޟޫޢު ކަނޑައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. 2.6 މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. 2.7 މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެއެވެ. 2.8 ދާއިރާއަށް އަހުލުވެރިވުމާއި އުނގެނުން ކުރިއަށް ގެންދެވޭނެ ޢިލްމީ ފޭޑިއަކީ: "ކޮމިއުނިޓީ އޮފް ޕްރެކްޓިސް" / "ޕްރެކްޓިސިންގް އިން ޕަބްލިކް"އެވެ. 2.9 މި ސްކޮލަރޝިޕްގެ ދަށުން ފުރިހަމަކުރެވޭ މާސްޓަރސް ކޯހަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް (ކޯސްވޯކް އޮންލީ)"އެވެ. 2.10 މި ސްކޮލަރޝިޕްގެ ދަށުން ފުރިހަމަކުރާ މާސްޓަރސް ކޯހުގައި ކިޔަވައިދޭނީ އިނގިރޭސި ބަހުންނެވެ. 2.11 މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކުރާނެއެވެ. |
|
3.1 ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ކޯހުގެ ފީ ދައްކައިދިނުން. 3.2 ސްކޮލަރޝިޕްގެ ބައިވެރިން ދިރާސާކުރަންޖެހޭ މައުޟޫޢު ކަނޑައެޅުން. 3.3 ކޮންމެ މަހަކު 2 ދުވަހު ރިސަރޗް ރިޓްރީޓް ޕްރޮގްރާމް ރާވައި ހިންގުން. 3.4 ސްކޮލަރޝިޕްގެ ބައިވެރިން ކިޔެވުމަށާއި ދިރާސާ މަސައްކަތްކުރާނެ ތަނެއް ހަމަޖައްސައިދިނުން. 3.5 ދިވެހި ތަރިކައިގެ ދާއިރާގެ ޢިލްމުތަކަށް އަހުލުވެރިކުރުވުން. |
3. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސްއޫލިއްޔަތު |
4.1 މި ސްކޮލަރޝިޕްގެ ދަށުން ބައިވެރިވާ ކޯސް ފުރިހަމަކޮށް ނިންމުން. 4.2 ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެ ކެނޑިޑޭޓަކަށް ކަނޑައަޅާފައިވާ މައުޟޫއާ ގުޅޭ ދާއިރާއިން ކޯހުގެ މުއްދަތުގައި، ކޮންމެ މަހަކު 1 ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިޢުކުރުން. 4.3 މި ސްކޮލަރޝިޕްގެ ކޮންމެ ކެނޑިޑޭޓަކު، އެ ކެނޑިޑޭޓަކު ދިރާސާކުރާ ދާއިރާއިން މައިގަނޑު 1 ފޮތް (ކީޓެކްސްޓް) ދިވެހިބަހަށް ތަރުޖަމާކޮށް ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރުން. 4.4 ކޯސް ފުރިހަމަކުރުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރުން. |
4. ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތު |
5.1 ދިވެހި ރައްޔިތަކުކަމުގައިވުން. 5.2 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
5. ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ޝަރުތު |
6.1 މި ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ https://forms.gle/GjAuJPwXjDmMCDLx6 ލިންކް މެދުވެރިކޮށެވެ. |
6. ސްކޮލަރޝިޕަށް އެދެންވީ ގޮތް: |
25 ސެޕްޓެންބަރު 2025ވާ، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން |
7. ސްކޮލަރޝިޕަށް އެދުމުގެ ސުންގަޑި: |
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަދި [email protected] އަށެވެ. އަދި 7226046 ފޯނުން ވެސް ލިބޭނެއެވެ. |