މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ގޯތިތަކުން ހެދިފައިހުރި ރުއްގަހާއި މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި، ވިނަ ހެދިފައިވާ މަގުތަށް ސާފުކުރުމާއި ގުޅޭ:

       ރަށުގެ އެކިގޯތިތަކުން، ހެދިފައިވާ ރުއްގަހުން މަގުތަކާއި ގޯޅިތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ގިނަ އަދަދަކަށް އަފިތަކާއި ފަންތައް ތިރިވެފައިހުރިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މަގުތަކުގައި އަމިއްލަ ފަރާތްތަކުގެ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރަށުގައި ދުއްވާ ޕިކަޕްތަކާއި އެމްބިއުލާންސް ދުއްވުމަށާއި އަދި އެހެނިހެން އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް ދަތިތަކާއި ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ބައެއް ގޯތިތަކުގެ މަގު ސާފުކުރަމުން ނުދާކަން ފާހަގަކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން މަގުމަތީގެ ސާފުތާހިރުކަން ގެއްލި އެސަރަހަށްދުތައް ވަރަށްބޮޑަށް ވައުވަދެފައި ވެއެވެ.
       އެހެންކަމުން ތިރި ވެފައިހުރި ގަސްގަހުގެ އަފިތަކާއި ރުއްރުކުގެ ފަންތަށް ކޮށައި ވިނަ ދިގުވެފައިވާ މަގުތަށް ސާފުކޮށް 17 ސެޕްޓެމްބަރ 2025 ގެ ކުރިން ނިންމުމަށް ދެންނެވީމެވެ. އަދި މި މުއްދަތުގެ ތެރޭގައި ގަސްގަހުގެ އަފިތަކާއި ފަންތައް ކޮށައިފައި ނުވާނަމަ  މި ކައުންސިލްގެ ފަރާތުން މި ތަކެތި ކޮށާ މަގުތައް ސާފުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2025
ހޯދާ