ދިވެހިރާއްޖެ
މިރަށު ވަލުގައި ހުރި ރ.އަނގޮޅިތީމު ރައްޔިތުންގެ " ކަށިކެޔޮފަލާއި ބަނބުކެޔޮފާ" ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަށް ދޫކުރަނީ މީލާދީ 2 އަހަރު ދުވަހަށެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފަލާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން ނުވަތަ 4000031 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި އެޑްރެސް އަދި "ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި |
ނަން |
އައިޓަމް# |
21 ސެޕްޓެންބަރު 2025 / 13:15 |
ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ |
1 |