ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އިތުރުކުރެވޭ ބައިތަކުގެ ކުރެހުން ކުރަހާ، ޑިޒައިންކޮށް އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.

ނަންބަރު: 258/258/2025/56(IUL)

އިޢުލާން

ހަނިމާދޫ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އިތުރުކުރެވޭ ބައިތަކުގެ ކުރެހުން ކުރަހާ، ޑިޒައިންކޮށް އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރގައި އިތުރުކުރެވޭ ބައިތަކުގެ ޑިޒައިންކޮށް، ކުރެހުން ކުރަހާ އަދި ބީ.އޯ.ކިއޫ ތައްޔަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

މަޢުލޫމާތު ސާފުކުރުން

18 ސެޕްޓެމްބަރ 2025 (ބުރާސްފަތި)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

01 އޮކްޓޯބަރ 2025 (ބުދަ)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               10 ސެޕްޓެމްބަރ 2025

10 ސެޕްޓެންބަރު 2025
ހޯދާ