ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހޯދުމަށް އެދި

               ފ. ނިލަންދޫއިން އަލަށް ދޫކޮށްފައިވާ 129 ގޯތީ މިހާރުވާނީ ކަންމުޑިއަޅާ އިން ވަކިކޮށްފައެވެ. މި 129  ގޯތި ލިބުނު ފަރާތްތަކުން ގޯތީގެ ބިމުގެ ރަޖިސްޓްރީ ހެއްދުމަށްޓަކައި ގޯތިތަކުގައި ހުރި އެކިފަރާތްތަކުގެ ރުއްގަހުގެ ބަދަލު ހަމަޖައްސަން ޖެހެއެވެ. އެހެންކަމުން އަލަށް ގޯތި ދިނުމަށް ނިންމާފައިވާ ތިރީގައި މިދަންނަވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގައި މިހާރުވާނީ ރަތް ދަވާދުން ތަރުތީބު ނަންބަރު ޖަހާފައެވެ.

ވީމާ، މިސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ ރުކެއް ގަހެއްކަން އެނގޭނޭ ގޮތަށް 2025 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވެރިފަރާތުގެ މަޢުލޫމާތު ނޭނގޭ ރުއްގަހާއި ،ކައުންސިލަށް ހުށަނާޅައި ހުންނަ ރުއްގަހުގެ ބަދަލު ހަމަޖައްސައިދިނުމުގައި މިކައުންސިލުން ޒިންމާނުނަގާނެ ކަމުގައި ދަންނަވަމެވެ.

 ރުއްގަސްހުރި ސަރަޙައްދުތަކުގެ ތަފްޞީލް

ބްލޮކު 1 (ވިނަވި މަގާއި ސަހަރާއަށްދާ މަގާއި ދޭތެރެއިން/ ހިމިތި ގޯތީ ދެކުނުން) : 1-164 އަށް ރުއްގަހުގައި ނަންބަރު ޖަހާފައި

ބްލޮކު 2 (ސަހަރާއަށްދާ މަގު ދެކުނުން) : 1-108 ކަށް ރުއްގަހުގައި ނަންބަރު ޖަހާފައި

ބްލޮކު 3 )ހުވަދުގޭ ކުރިމަތީ ކޮށިން):

 25 ނަންބަރު ގެވަޅު 1-11 އަށް ރުއްގަހުގައި ނަންބަރު ޖަހާފައި

26 ނަންބަރު ގެވަޅު 1-14 އަށް ރުއްގަހުގައި ނަންބަރު ޖަހާފައި

27 ނަންބަރު ގެވަޅުގަ 1-15 އަށް ރުއްގަހުގައި ނަންބަރު ޖަހާފައި

28 ނަންބަރު ގެވަޅު 1-20ށް ރުއްގަހުގައި ނަންބަރު ޖަހާފައި

ބްލޮކް 4 ( ވެލިގޭ ކުރިމަތީ ކޮށިން):

29 ނަންބަރު ގެވަޅު 1  ނަންބަރު ޖަހާފައި

30 ނަންބަރު ގެވަޅު 1 ނަންބަރު ޖަހާފައި

31 ނަންބަރު ގެވަޅު 1-7 ކަށް ނަންބަރު ޖަހާފައި

32 ނަންބަރު ގެވަޅު 1-6 ކަށް ނަންބަރު ޖަހާފައި

33 ނަންބަރު ގެވަޅު 1-14 އަށް ނަންބަރު ޖަހާފައި

 ބްލޮކް 5 ( ފަޔަރސްޓޭޝަން ދެކުނުން ހިއްކި ސަރަޙައްދުން): 1-21 އަށް ނަންބަރު ޖަހާފައި

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

            15 ރަބީޢުލްއައްވަލު 1447

              07   ސެޕްޓެމްބަރ   2025  

10 ސެޕްޓެންބަރު 2025
ހޯދާ