ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލުން 2025 ވަނަ އަހަރު އޮކްޓޫބަރު މަސްތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޭސްޓްރީ ކޯސް،

ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި މަސައްކަތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭ ޤާނޫނު) ގެދަށުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ

ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. 

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން "ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ

އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރެއްވުމަކީ ރަޖިސްޓްރީވާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓްރީ ކުރުން:

2025 ސެޕްޓެންބަރު 18 ގެ 13:00 އާއި ހަމައަށް  

ޕްރޮޕޯސަލް ބަލައިގަތުން :

2025 ސެޕްޓެންބަރު 28 ގެ 13:00 ގައި މިއިދާރާގައި

 ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯސަލްތައް

ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.    

09 ސެޕްޓެންބަރު 2025
ހޯދާ