މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ސެލެކްޝަންގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއިން ބައިވެރިވާ ޓީމުު ހޮވުމަށް ބާއްވާ ސެލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. 

ކޮމަންވެލްތު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު: 8 ނޮވެމްބަރ 2025 އިން 17 ނޮވެމްބަރ 2025 އަށް.

ރާއްޖެ ޓީމު ހޮވުމަށް ބާއްވާ ސެލެކްޝަންގައި ބައިވެރިވުމުގެ ސުންގަޑި: 15 އޮކްޓޫބަރ 2025 ، 23:59

މި ސެލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިވެރިވުމުގެ މުއްދަތު ހަމަވާތާ ހަތް ދުވަސް ފަހުންނެވެ. 

ސެލެކްޝަންގައި ބައިވެރިވުމުގެ ފީ : 500 ރުފިޔާ 

މި ސެލެކްޝަން ކުރިއަށް ދާނީ ރެޕިޑް 15 މިނެޓު 10 ސިކުންތު ފޯމެޓަށެވެ. 

ސެލެކްޝަންގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/ouh1KRJ49wSpaNDN9

އިތުރު މައުލޫމާތު ހޯދުމަށް 7776466 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ.

 

09 ސެޕްޓެންބަރު 2025
ހޯދާ