އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު I10C-A/2025/21 'ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު (7/2025) އާ ގުޅޭ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން އދ މާމިގިއްޔަށް ވަޑައިގަތުމާއި ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިން އެނބުރި ވަޑައިގަތުމަށް ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމުގެ އިޢުލާން އާ ގުޅޭ

             މި ކޯޓުގެ ނަންބަރު I10C-A/2025/21  (07 ސެޕްޓެންބަރު 2025) އިޢުލާންގެ މަޢުލޫމާތު ޝީޓުގެ ނަންބަރު 3 ' ބީލަމަށް ކުރިމަތިލެވޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް' ގެ3.1.2ގައި ބީލަން ހުށަހަޅާ ފަރާތަކީ، ނަންބަރު 06/2013 "ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، 3.1.1 ގައި ބަޔާންކޮށްފައިވާ ގޮތުން، ބީލަން ހުށަހަޅާ ފަރާތަކީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާނަމަ، އެ ފަރާތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިނުވާ ފަރާތެއް ކަމުގައިވީ ނަމަވެސް، މި ކޯޓުގެ ނަންބަރު I10C-A/2025/21 (07 ސެޕްޓެންބަރު 2025) އިޢުލާނާ ގުޅިގެން އެފަދަ ފަރާތްތަކުން ހުށަހަޅާ ބީލަންތައް މި ކޯޓުން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.  

            މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

 

17 ރަބީޢުލްއައްވަލް 1447

09 ސެޕްޓެންބަރު 2025

09 ސެޕްޓެންބަރު 2025
ހޯދާ