މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - އައި.ޓީއާ ގުޅޭ ތަކެއްޗާއި ހިދުމަތް

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ މި ދަންނަވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 24 ޖުލައި 2025 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2025/75 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު މިއޮތޯރިޓީގެ ޓެކްނިކަލް މިންގަނޑު ތަކަށް ނުފެތޭތީ ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

  • Laptop

ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

15 ސެޕްޓެންބަރު 2025

ހޯމަ

12:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

22 ސެޕްޓެންބަރު 2025

ހޯމަ

15:30

1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/ABc6BfhxXx

2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

3. ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކޮށްފައިވާ އީމެއިލަ ފޮނުވޭނެވެ.

4. ބީލަން ތައްޔާރުކުރަންވާނީ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

5. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 21 ސެޕްޓެންބަރު 2025 ވާ އާދިއްތަ 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. 

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2025
ހޯދާ