ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމުގެ ފުރުޞަތު

  "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ކުޅުދުއްފުށި ސިޓީގައި ސެޕްޓެމްބަރ 18 ން 22 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމުބާރާތް ފުރިހަމަކޮށް ކުރިއަށްގެންދިއުމަށްޓަކައި، މިމުބާރާތް ކުރިއަށްދާ ވަގުތުގައި ކެންޓީންގެ ޚިދުމަތް ދިނުމަށް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ޤުރުއަތުން ހޮވޭ 02 ފަރާތަކަށް ފުރުޞަތު ދިނުމަށް ވަނީ މި ކައުންސިލުން ނިންމާފައެވެ.

                 ވީމާ، "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާ ވަގުތުގައި ކެންޓީން ހިންގުމަށް ޝައުގުވެރިވެލައްވާ ވިޔަފާރިތަކުން، 14 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އެންގެވުން އެދެމެވެ.

                            ލިންކު: https://forms.gle/cnxjgvrYL5cpQMXYA

 

                 ކެންޓީން ހިންގުމާއިގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާއިއެކު ހިއްސާކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.   މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި ގުޅުއްވާނީ 6527122 އަށެވެ.

09 ސެޕްޓެންބަރު 2025
ހޯދާ