ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވި އަންޑަރ 8،10،12 މި ތިން އޭޖް ގްރޫޕްގެ ފިރިހެން އަދި އަންހެން ކުދިންނަށް މުބާރާތުގައި ބައިވެރި ވުމަށް އިތުރު ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 16 އަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ޤަވާއިދު 10/09/2025 ވަނަ ދުވަހުގެ 14:00 ގެ ފަހުން ލިބެން ހުންނާނެއެވެ.
ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި: 23:59 – 26 ސެޕްޓެމްބަރ 2025
މުބާރާތުގައި ބައިވެރިވުމުގެ ފީ: 500 ރުފިޔާ
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު: https://forms.gle/k7bXPiA8bUJjngat9
އިތުރު މައުލޫމާތު ހޯދުމަށް 7776466 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ.