މަޤާމު
|
ޑިރެކްޓަރ، ޕަބްލިކް ހެލްތް
|
މަޤާމުގެ ނަންބަރު
|
J-412791
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
ރޭންކް 9 ބީ - ސްޓެޕް 1
|
ޑިވިޝަން/ ސެކްޝަން
|
ޕޮޕިއުލޭޝަން ހެލްތު އެންޑް ނޮން-ކޮމިއުނިކަބަލް ޑިޒީޒް ޕްރިވެންޝަން ޑިވިޜަން، ނޮން ކޮމިއުނިކަބަލް ޑިސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހެލްތު ޕްރޮޓެކްޝަން އެޖެންސީ /އޮރެންޖް ހިޔާ، ހުޅުމާލެ
|
މުސާރަ
|
-/15,100 ރުފިޔާ
|
މަގާމުގެ އެލަވަންސް
|
-/7,047 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/191
- ނޯޓް: މި މަގާމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، މި މަގާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އެން.ސީ.ޑީ އެކްޝަން ޕްލޭން އަށް ރިޢާޔަތްކޮށްގެން، އެން.ސީ.ޑީ ގެ ލަންދުދަނޑިތަށް ޙާޞިލުކުރުމަށް އެކުލަވާލާފައިވާ، ޤައުމީ ސިޔާސަތުތަކާއި ހެލްތު މާސްޓަރ ޕްލޭންގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ނޮން ކޮމިއުނިކަބަލް ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް މަސައްކަތްތައްކުރުމާއި އަދި މިނޫންވެސް އެން.ސީ.ޑީ ގެ އެކިއެކި އޭރިއާއަށް ޚާއްޞަކޮށްގެން އެކުލަވާލާ މިފަދަ ޕްލޭންތަކާ މިންގަނޑުތަކަށް ފަރުދުންނާ މުއައްސަސާތައް އަހުލުލުވެރިކުރުމާ،ޕްލޭންގައިވާ ކަންތައްތައް ތަންފީޒުކޮށް ވިލަރެސް ކުރުމާއި މިކަންކަމަށް ބޭނުންވާ ޓެކްނިކަލް ލަފާ ދިނުން.
- އެން.ސީ.ޑި އެކްޝަން ޕްލޭން އާއި ގުޅުވައިގެން މީހުން ހޭލުންތެރިކުރުމަށް މާސް މީޑިއާ އަދި މީސްމީޑިއާއާއި އެހެނިހެން ގޮތްގޮތުން ހިންގުމަށް ރާވާފައިވާ "25 އިން 30" ކެމްޕޭން އާ އެހެނިހެން ކެމްޕޭން ތަންފީޒު ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާ އަދި މަސައްކަތް ވިލަރެސްކުރުން.
- އެން.ސީ.ޑީ ގްލޯބަލް އެކްޝަން ޕްލޭން އަދި އެސް.ޑީ.ޖީ ގެ އެން.ސީ.ޑީ ގެ ލަންޑު ދަނޑިތައް ހާޞިލުކުރުމަށް، ހަދަން ޖެހޭ ޤަވަޢިދުތަކާ އުޞޫލުތަކާ އެކިއެކި ޕްލޭންތައް އެކުލަވާލުމުގައި މިކަންކަން ވިލަރެސްކުރުން.
- ޤައުމީ ފެންވަރުގައި ބަލަހައްޓަން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ އެންމެހާ ތަފާސް ހިސާބުތައް އެއްކުރުމާ، މިކަމާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމާ އަދި ތަފާސް ހިސާބުތަކާ މަޢުލޫމާތުތަށް ބަލެހެއްޓުމާ ކަމާބެހޭ ފަރާތްތަކަށް ޙިއްސާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން. އަދި ކަމާގުޅޭ މިނިސްޓްރީތަކާއި ،ސިއްހީ ހިދުމަތްދޭތަންތަނާއި ،އެންޖީއޯ، އަދި އިންޓަރނޭޝަނަލް ފަރާއިތަކާއި އެކު އެންސީޑީގެ ބަލިތަކަށް ކޮންޓްރޯލް ކުރުމަށްއިންޓަރވެންޝަންސް ހޯދުމުގެ މަސައްކަތް ކުރުން.
- ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އިބްތިދާޢީ ޞިއްޙީ ޚިދުމަތުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ ޕެން.ޕެކޭޖް،އެން.ސީ.ޑީ ކްލިނިކް، އަދި ޕީ.އެޗް.ސީ ރިވައިޓަލިޒޭޝަންގެ ތެރެއިން ކުރިއަށް ގެންދަން ކަނޑައެޅިފައިވާ އެން.ސީ.ޑީ އާ ގުޅޭ އެހެނިހެން ކަންކަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މި ކަންކަން މޮނިޓަރ ކޮށް ވިލަރެސްކުރުން
- ނޮން ކޮމިއުނިކަބަލް ޑިޒީޒް ޕރިވެންޝަން އެންޑް ކޮންޓްރޯލް ސެކްޝަން ހިންގުމުގައި އެންމެހާ މަސައްކަތް ކުރުމާއި މުވައްޒަފުންނަށް ލަފާއާއި އިރުޝާދު ދިނުން އަދި މުވައްޒަފުން މޮނިޓަރ ކޮށް ސުޕަވައިޒްކުރުން
- ބައިނަލް އަޤްވާމީ އިދާރާތަކާ ގުޅިގެން ހިންގާ އެން.ސީ.ޑީ އާ ގުޅޭ ހަރަކާތްތައް ތަންފީޒުކުރުން ވިލަރެސް ކުރުން
- މަސައްކަތުގެ ދާއިރާއިން ތައްޔާރުކޮށް އެހެން ފަރާތްތަކާ ޙިއްޞާކުރަންޖެހޭ ރިޕޯރތްތަކާ މޮނިޓަރިންގ ފޯރމްތައް ޤަވާޢިދުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅަމުން ދޭތޯ ޔަޤީންކޮށް މޮނިޓަރ ކުރުން.
- ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
|
މަޤާމުގެ ޝަރުތުތައް
|
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
|
- ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތު
- އެޑިކްޝަން ކައުންސެލިންގ
- އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން
- އެޑްވާންސްޑް މެންޓަލް ހެލްތް ޕްރެކްޓިސް
- އެޕްލައިޑް ބިހޭވިއަރ އެނަލިސިސް
- އެޕްލައިޑް ސައިންސް ސައިކޮލިޖީ
- އެޕްލައިޑް ސޯޝަލް ސައިކޮލޮޖީ
- ބިހޭވިއަރަލް ސައިކޮލޮޖީ
- ބިހޭވިއަރަލް ހެލްތް ސައިންސް
- ބަޔޯ ސްޓެޓިސްޓިކްސް
- ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ
- ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން
- ޗައިލްޑް އެންޑް ކޮމިއުނިޓީ
- ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް
- ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ
- ޗައިލްޑް ވެލްފެއަރ ވަރކް
- ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް
- ކްލިނިކަލް އެންޑް ޑިވެލޮޕްމަންޓަލް ސައިކޮޕެތޮލޮޖީ
- ކްލިނިކަލް ޗައިލްޑް އެންޑް އެޑޮލިސެންޓް ސައިކޮލޮޖީ
- ކްލިނިކަލް ޗައިލްޑް ސައިކޮލޮޖީ
- ކްލިނިކަލް ހެލްތް ސައިކޮލޮޖީ
- ކްލިނިކަލް މެންޓަލް ހެލްތް
- ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ
- ކްލިނިކަލް ސައިކޮލޮޖީ
- ކްލިނިކަލް ސައިކޮތެެރަޕީ
- ކްލިނިކަލް ސްޕޯޓްސް ސައިކޮލޮޖީ
- ކޮމިއުނިކަބަލް ޑިޒީސަސް
- ކޮމިއުނިޓީ ހެލްތު
- ކޮމިއުނިޓީ ހެލްތް ނަރސިންގ
- ކޮމިއުނިޓީ މެޑިސިން
- ކައުންސެލިންގ
- ކައުންސެލިންގ އެންޑް ސައިކޮތެރަޕީ
- ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
- ކައުންސެލިންގ ސައިކޮލޮޖީ
- ޑިމޮގްރަފީ
- ޑައިޓެޓިކްސް
- ޑިޒާސްޓަރ މެނޭޖުމަންޓު
- އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް
- އިމަރޖެންސީ މެޑިސިން
- އެމަރޖެންސީ ޕްރިޕެއަރޑްނަސް
- އެންޓޮމޮލޮޖީ
- އެންވަޔަރަމަންޓް ހެލްތު
- އެޕިޑިމިއޮލޮޖީ
- ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް
- ފެމިލީ ސްޓަޑީޒް
- ފެމިލީ ތެެރަޕީ
- ގްލޯބަލް ހެލްތް
- ގްލޯބަލް މެންޓަލް ހެލްތް އެންޑް ވެލްބިއިން
- ހެލްތް ކެއަރ އިވެލުއޭޝަން
- ހެލްތް އެޑިޔުކޭޝަން
- ހެލްތު އިންފޮމެޓިކްސް
- ހެލްތް އިންފޮމޭޝަން
- ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
- ހެލްތު ޕްރޮމޯޝަން
- ހެލްތު ސައިކޮލޮޖީ
- ހެލްތް ރިސަރޗް
- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް މެނޭޖްމަންޓް
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތްކެއަރ މެނޭޖްމަންޓް
- ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް
- އިންފެކްޝާސް ޑިޒީސަސް
- މެރިއޭޖް އެންޑް ފެމިލީ
- މެރިޖް އެންޑް ފެމިލީ ކައުންސެލިންގ
- މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް
- މެރޭޖް އެންޑް ފެމިލީ ތެރެޕީ
- މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
- މެންޓަލް އެންޑް ބިހޭވިއަރަލް ހެލްތް
- މެންޓަލް ހެލްތް
- ޭމެންޓަލް ހެލްތް އެންޑް ކްލިނިކަލް ސައިކޮލޮޖީ
- މެންޓަލް ހެލްތް އެންޑް ސައިކޮތެރަޕީ
- މެންޓަލް ހެލްތް އެންޑް ވެލްނަސް
- މެންޓަލް ހެލްތް ކައުންސެލިންގ
- މެންޓަލް ހެލްތް ސައިންސް
- މެންޓަލް ހެލްތް ސްޓަޑީޒް
- ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
- ނިއުޓްރިޝަން
- އޮކިއުޕޭޝަނަލް ހެލްތް
- ޕެރިނޭޓަލް މެންޓަލް ހެލްތް
- ޕޮޕިއުލޭޝަން ހެލްތް
- ޕްރައިމަރީ ހެލްތް ކެއަރ
- ސައިކޮލޮޖިކަލް ކައުންސެލިންގ
- ސައިކޮލޮޖީ
- ސައިކޯތެރަޕީ
- ސައިކޮތެރަޕީ ކައުންސެލިންގ
- ޕަބްލިކް ހެލްތު
- ޕަބްލިކް ހެލްތް ނަރސިންގ
- ޕަބްލިކް ހެލްތް ރިސަރޗް
- ޕަބްލިކް ހެލްތް ސައިންސް
- ޕަބްލިކް މެންޓަލް ހެލްތް
- ރިހެބިލިޓޭޝަން ކައުންސެލިންގ
- ރިޕޮރޮޑަކްްޓިވް ހެލްތް
- ސްކޫލް ކައުންސެލިންގ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ތެރަޕިއުޓިކް ކައުންސެލިންގ
|
ގުޅޭ ވަޒީފާގެ ދާއިރާ
- ޕަބްލިކް ހެލްތް
- މެންޓަލް ހެލްތު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
15
|
ޕްރެޒެންޓޭޝަން
|
10
|
އިންޓަރވިއު
|
30
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 15 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ، 2025 ސެޕްޓެންބަރު / އޮކްޓޫބަރ މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] ަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3024505 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|