ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)417-SED/417/2025/137 (25 އޯގަސްޓް 2025) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
މިކައުންސިލާއި ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވިދާތަރި ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހެޅުމުގައި މައްސަލަ ހުރިކަމަށް ފާހަގަ ކުރެވި އެފަރާތްތަކުގެ ޝަކުވާ ވަނީ ލިބިފައެވެ. އެހެންކަމުން މިމުބާރާތުގެ ވިލަރެސް ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2025 ސެޕްޓެމްބަރ 10 ވާ ބުދަ ދުވަހުގެ 10:00 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ވިދާތަރި ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް އަދި ހުށަހަޅާ މަދަހައިގެ ލިރިކްސް 2025 ސެޕްޓެމްބަރ 10 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގެ ޤަވާޢިދު ތިރީގައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް ލިބިވަޑައިގަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6841540 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް: https://forms.office.com/r/UdxEkLTdC4