ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގެ ކަރަންޓް ވައިރިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ރިނބުދޫ ސްކޫލް
ދ. ރިނބުދޫ، ދިވެހިރާއްޖެ
(IUL)GS-172/2025/13 :އިޢުލާން ނަމްބަރު
GS172-2025-04 :ޕްރޮކިއުމެންޓް ނަމްބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ބައެއް ކްލާސްރޫމްތަކުގެ ކަރަންޓް ވައިރިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- މިސްކޫލްގެ ބައެއް ކްލާސްރޫމްތަކުގެ ކަރަންޓް ވައިރިންގ މަރާމާތުކުރުމުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.
ނަންނޯޓްކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952917 ފޯނާއެވެ. ނުވަތަ ސްކޫލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މަސައްކަތާއި ގުޅޭ ބީލަންފޮތް ގެޒެޓްކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:30 ރިނބުދޫ ސްކޫލްގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:30 ގައި ރިނބުދޫ ސްކޫލްގައެވެ.
- މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ރިނބުދޫ ސްކޫލް
- ދ. ރިނބުދޫ
- އީ-މެއިލް: [email protected]
17 ރަބީޢުލްއައްވަލް 1447
09 ސެޕްޓެމްބަރ 2025
09 ސެޕްޓެންބަރު 2025
ހޯދާ